Saturday, December 29, 2007

އަންނި އަށް ސުވާލެއް އެބައޮތްތޯ؟

ރާއްޖޭގެ މަޝްހޫރު މީހުންނާ މި ބުލޮގުގެ ފަރާތުން ކުރަން ބޭނުންވާ ސުވާލުތައް ހުށަހަޅަމުންގެންދާނަމެވެ. ނަމަވެސް ޖަވާބު ދެއްވުމާ ނުދެއްވުމަކީ އެބޭފުޅުންގެ ކަމެއް. ޖަވާބު ދެއްވައިފިނަމަ ޖަވާބުތައް ވެސް ހިމަނާލާނަން. އަދި ބްލޮގު ބައްލަވާފަރާތްތަކުން ވެސް އިތުރު ސުވާލު ހުރި ނަމަ ފޮނުއްވުމުން އެ ސުވާލުތައް ހިމަނާލަދޭނަން. ސުވާލުފޮނުއްވާނީ އީމެލް އިންނަމަ ހުސްތަންކޮޅެއް ދޫނުކޮށް ހަމަ ލިއަންބޭނުން ވަރަކަށް ސުވާލު ލިއެފައި ސެންޑަށް ކުލިކު ކޮށްލާނީއެވެ. އަދި އެނޫން ގޮތަކަށް ސުވާލު ކުރެވޭ ގޮތަކަށް ހަމަޖެހިފައެއްނެތް. މިއަދުގެ ސުވާލުތައް މި ހާއްސަކޮށްލަނީ އެމް.ޑީޕީގެ ޗެއާ ޕާސަން އަންނިއަށް.
އަންނި އަކީ ދެންވަރަށް ސިޔާސީ މީހެއްނު ދޯ މީކިހިނެތް ފެށުނު ކަމެއްކަން ކުރުކޮށް ފޮނިކޮށް ބުނެލަދޭންވީންނު؟
ވަރަށްގިނަ މީހުން ބުނޭ އަންނިގެ އާއިލާގައިވެސް ސިޔާސީ މީހުން ވަރަށް ގިނަ ކަމަށް މިއީވެސް ލަވަ ކިއުންތެރިން މަސްއޮޑިއާއިލާފަދަ އާއިލާތަކަށް ނިސްބަތްވާގޮތަށް އާއިލީ ގޮތުން ވާރުތަ ވި ކަމެއްތަ؟
އަންނި މިހާތަނަށް ވަރަށް ގިނަ ފަހަރު ޖަލަށް ލާފައިވޭ ތަފާތު މައްސަލަ ތަކާގުޅިގެން، ދެން ހިތައްއަރާ ސުވާލަކީ އެތަނުގެ ހިދުމަތްތައް އަހަރުން އަހަރަށް ހިތް ހަމަ ޖެހޭފަދަ މިންވަރަކަށް ރަނގަޅުވެފައިވޭތޯ؟ (މިބުނީ ކެއިން ބުއިމާއި ނިދަން ލިބޭ ތަންމަތި އަދި މެހްމާން ދާރީގެ ވާހަކަ)
ބައެއް މީހުން ބުނޭ އެމްޑީޕީ އަކީ ކުރިސްޓިއަން ދީން ފަތުރަން މަސައްކަތް ކުރާ ބައެއް ފަރާތްތައް ހިމެނޭ ޕާޓީއެއް ކަމަށް މިކަމުގެ ހަގީގަތް ސިއްރު ސިއްރުން އަޅެ ބުނެލަ ދީބަލަ؟
ރައީސް މައުނޫނާ ބައްދަލު ކުރަން ދިޔައީމެއްނޫ ދޯ ވަރަށް ފަހުން ރައީސް އޮފީހަށް ދިޔައިރު އުންމީދު ކުރިންތަ އޭރުވެސް އަނީސާ އާކަމަށް ބައްދަލުވާނީ؟ ދެން އަދި އަހާލަން ބޭނުން މުނައްވަރުމެންގާތު ބުނެލިންތަ ރައީސް އޮފީހަށް ދާވާހަކަ؟
އަންނި އަށް ރާއްޖޭގެ ރައީސްކަން ލިބިއްޖެނަމަ މިހާރު މި ދިމާވެގެން އުޅޭ މަސްމަރުވުމުގެ މައްސަލައަށް ހައްލެއްހޯދާ މަސްތަކަށް ރަނގަޅު މާހައުލެއް ހޯދާދެވޭނެތޯ؟
ދެން މިއޮތް ސުވާލަކީ މިހާރު ރާއްޖޭގައި ވަރަށް ގިނަ ދޫނި ސޫފާސޫފި ވަނީ ހިމާޔަތް ކުރެވިފައި މިސާލަކަށް އައްޑު އަތޮޅުގައިމިއުޅޭ ދޮންދީނި. ދޯ ސުވާލަކީ އިންސާނުން ހިމާޔަތް ކުރުމަށް ވިސްނަންތޯ؟
ދެން އަންނި ތިހެން އުޅޭއިރު ބަންދުކުރީމައި ގޭތެރޭގެ ޚަރަދުތައް ކިހިނެތްތޯ ހަމަޖައްސަނީ؟
ދާދި ފަހުންވަނީ ރާއްޖޭގެ ސިޔާސީ ޕާޓީއެއް ގައި ފައިސާގެ މައްސަލަތަކެއްޖެހިފައި. އަނެއްކާ އަންނިމެން ޕާޓީގެ ތެރޭގައި އެކަހަލަކަމެއް ............؟
އަންނި އަކީ ދެންވަރަށް އަމިއްލަ ސުޓައިލެއް ގެންގުޅޭ މީހެއް މިސާލަކަށް އަންނިގެޓައީދޯ އާންމު ގޮތެއްގައި މިފެންނަނީ ތަންކޮޅެއް ތިރިއަށް ދޫކޮށްލާފައިވަނިކޮށް އަދި ހަމަ ފާހަގަ ކުރެވޭ އެހެންމީހުން ޓައީ ނާޅަންޏާ އަންނި ޓައީ އަޅަމެއްނު އަދި އެހެންމީހުން ޓައީ އަޅަންޏާ އަންނި ޓައީ ނާޅާހުރޭ މި ކިހިނެއްވާކަމެއްތަ މީހަމަ ހިޔާލުގެ ތަފާތުކަންތޯ؟ ( ދެން އެއްޗެއް ހީނުކުރާތި، ސިޔާސީ މީހުންގެ ޒާތީ ކަންކަން ވެސް ވަރަށް އާންމުން ބަލާނެއިނގޭ އެހެންވެ އަހާލެވުނީ)
އަންނި އަޅެ ސަމާސާނުކޮށް ބުނެބަލަ މިއަންނަ ދައުރަށް ރައީސްކަމަށް ކުރިމަތިލާނަންތަ؟ (މި ސުވާލުގެ ޖަވާބު ލިބުނަސް ވަރަށް ސިއްރު ކުރެވޭނެ ހަމައެކަނި ސައިޓު ކިޔާ ފަރާތްތަކަށް ފެންނަ ގޮތަށް ޝާއިއު ކުރާނީ)
ސުނާމީ ކާރިސާ އާއގުޅޭ ސުވާލެއް މިދުވަސް ވަރުގެ ގޮތުން އަހާލަން ބޭނުންވޭ އެބަ، ސުނާމީގައި ގޯތިގެދޮރު ގެއްލުނު ގިނަ ބަޔަކު ވަގުތީ ހިޔާތަކުގައި އެބަތިބި ކަމަށްވޭ އެމީހުން ގެދޮރު އަޅަންކުރި މަސައްކަތް ތަފާތު ސަބަބު ތަކާހުރެ ހަމަ ކުރިއަކަށް ނުގެންދެވުނު ހަބަރު ލިބޭ އެމީހުންގެ ކެއިން ބުއިމާ ހުރިހާ ކަމެއް މި ތިން އަހަރުވެސް ސަރުކާރުންނޯ ދިނީ އަދި ވެސް ޓެންޓު ތަކުގައި ތިބޭހާހިނދަކު ލިބޭ ގޮތަށޯއޮތީ މިކަމާ ގޯތިގެދޮރުގެ މަސައްކަތް ހުއްޓުވުމާ ގުޅުމެއް އޮވެ ދާނެބާ؟
އަންނިގެ މައުމޫނު ވެރިކަން އިތުރު ފަސް އަހަރު އަދި އޮވެއްޖެނަމަ ކޮން ކަހަލަ ކުރި އެރުން ތަކެއް ލިބޭނެތޯ؟
އަންނި އާ ރައީސް މައުމޫނު ދެން އަހަރެމެންނަށް ފެންނަނީ ވަރަށް ނުރައްޓެހި ފާޑަކަށް، ދެމީހުން އެއްކޮށް އެއްގަލަކަށް އަރާނީ ކިހިނެއް ރައީސް މައުމޫނު ކަންކަން ކުރެއްވިއްޔާތޯ؟
މި ސިލްސިލާގެ ކުރިއަށް ހުރި ބައިތަކަށް އިންތިޒާރު ކޮށްލައްވާ!

No comments: