މިއީ މިއަންނަ ރަމަޟާންމަހަށް ތައްޔާރުކުރާ ކުރުވާހަކަ އެކެވެ. އަބަދުވެސް މުސްތަގްބަލްގެ ހަބަރުތައް ގެންނަން މަސައްކަތް ކުރާތީ މި ވާހަކަ މި ލީކުކޮށްލަނީ ވަރަށް ކުރިންނެވެ. މިއީ ހިޔާލީ ވާހަކައެކެވެ.
ށ.ފިރުބައިދޫ ނާޒުކީގޭގައި ހުސައިން ސޮލާހުކިޔާ ގޮލަޔަކު އުޅުނެވެ. މިގޮލައަކީ ދެންވަރަށް ނޯޓީ ގޮލައެކެވެ. މީނާގެ އުޅުން ހުންނަ ގޮތުން މީހުންނަށް ހީވެފައި އޮންނަނީ މީނާ އަކީ ޒާތްޒާތުގެ ފަތުގެ ބޭނުން ކުރާ ސޮރެއްކަމަށެވެ. 2007 ވަނަ އަހަރު އޭޕްރީލްމަހުގެ ވަރަށް ކުރީކޮޅު މިސޮރުގެ އުޅުން ހުންނަގޮތުން ކޮންމެވެސް ބަޔަކު މިސޮރާ ފާރަލާން ފައްޓައިފިއެވެ. ޒުވާންފުރަގެ ސޮރެއްވީމާ އެންމެންނަށް ހީވަނީ މިސޮރުވެސް މިޒަމާނުގެ ޒުވާނުން ބޯ ތަކެއްޗާ ކާތަކެތި ކައި ބޮއެ ހަދާނެ ކަމަށެވެ.
އެއީ އެފަދަ ތަކެއްޗަކީ އާންމު ކޮށް ފައިސާހުރި އެންމެނަށްވެސް ފަސޭހައިން ލިބޭގޮތަށް ފިރުބައިދޫގައި ހުންނަ ތަކެއްޗެވެ. ބަނޑު ހައިވެ ކަރުހިއްކުމުން ފައިސާ ނެތް ކުދިން ކަރުހިއްކުން ފިލުވަން ބޯތަކެތި ހޯދަނީ ވައްކަންކޮށްގެންނެވެ. އެންމެ ފަހުން ފިރުބައިދޫގައި ފެތުރުނު ހަބަރަކީ ފިރުބައިދޫގައި އަމަންނަގާލަން މުޒާހަރާ ކުރާ ފަރާތްތައް ހުއްޓުވުމަށް ސުލްހަވެރި ކަމާއެކު މަސައްކަތް ކުރާ ޒުވާނުންނަށް ކެއިންބުމަށް ބޭނުންވާ ތަކެއްޗާ ފައިސާ ހެޔޮއެދޭ ފަރާތްތަކުން ފޯރުކޮށް ދިން ހަބަރެވެ. ނަމަވެސް މިކަމާ ދޭތެރޭ ރަށުގެ ހަރު ކުލާގެ މީހުން ވާހަކަ ދައްކާކަށް ބޭނުމެއްނުވިއެވެ. އެއީ ދޮގެކޭވެސް އަދި ތެދެކޭވެސް ރަށުގެ ހަރުމީހުން ނުބުނެއެވެ.
އޭޕްރީލް މަހުގެ 9ވަނަ ދުވަހު ސޮލާހު ގެ އަމަލުތައް ހުރިގޮތުން ރަށުގެ ކޮންމެވެސް މީހަކަށް ވަރަށް ހިތައްތަދުވެ ރަށުގެ ފުލުހުންނަށް ސޮލާހު ވެސް ބޯލައިގެން ހުރި ކަމަށް ރިޕޯޓުކޮށްފިއެވެ. ބޯލައިގެން ތިބޭ މީހުން ހޯދުމަކީ ރަށުގެ ފުލުހުން ވަރަށް ކުރާކަމެކެވެ. މިގޮތުން އަތުލައިގަންނަވާހަކަތަކާ ހަބަރުތައް ފިރުބައިދޫގައި ނިކުންނަ ހުރިހާ ނޫހެއްގައިވެސް ކޮންމެ ދުވަހަކު ލިއެނަގައެވެ. އަދި ބޯލައިގެން ތިއްބާ އަތުލައިގަންނަ މީހުންނަށް ވަރަށް ބޮޑަތި ހުކުމްތައްވެސް ފިރުބައިދޫ ކޯޓުން ކުރެއެވެ. މިގޮތުން ގިނަ މައްސަލަތަކެއް އަހަރެއްގެ ތެރޭގައި ނިންމާތީ ރަށުގެ ޖަލު އަބަދުވެސް ހުންނަނީ ފުރިފައެވެ. އަދި މަގުމަތީގައިވެސް އެފަދަ ފަރާތްތައް އުޅެއެވެ. އެހެން ވުމުން ހުކުމެއް ކުރުމަކީ ކޮންމެހެން އެމީހުން އަދި މާޖެހިލުންވާ ކަމެއް ނޫނެވެ.އެއީ ހުކުމް ކުރިއަސް އަނެއްކާވެސް ރަށުތެރެއަށް ލަސްތަކެއްނުވެ ނުކުމެވޭނެކަމަށް އެމީހުންނަށްވެސް އެނގޭތީއެވެ.
ސޮލާހުގެ މައްސަލަ ރަށުގެ ފުލުހަށް ހަމަ އަންގާއިރަށް ފުލުހުން އޭނާ އަތުލައި ގަތުމަށް ވަގުތުން މަސައްކަތް ފަށައިފިއެވެ. އޮޕަރޭޝަން އެރެސްޓް ޕާޓޭ ގެ ނަމުން ނަންދީފައިވާ ހާއްސަ އޮޕަރޭޝަނެއްހިންގާ ވަގުތުން ސޮލާހު އަތުލައިގެންފިއެވެ. ކަމަކު ދާކަށްނެތެވެ. އޮޕަރޭޝަން އެރެސް ޕާޓޭގެ ދަށުން ސޮލާހު އަތުލައި ގަނެވުނު އިރު އޭނާގެ އަމަލުތައް ހުރިގޮތުން ވަރަށްބޮޑަށް އޭނާވަނީ ކަޓާފައިކަމަށް ފުލުހުންނަށް ޝައްކުވިއެވެ. އަދި ސޮލާހު ހުރިތަނުން ކީސްކުނޑި ފާޑުގެ އެއްޗެއް ހުރި ހަތަރު ޕެކެޓްވެސް ފުލުހުންނަށް ފެނުނެވެ.
ދެންވަގުތުން އޭނާއާއި އެކުއުޅުނު ހަތަރު މީހުންވެސް ފުލުހުންގެ ސްޓޭޝަނަށް ގެންގޮސް ފައިހިއްޕައިފިއެވެ. ހީސްލައްވައިގެން ޓެސްޓު ހައްދަން ހަމަޖެއްސިއެވެ. ސޮލާހަކީ ވަރަށް ބޯހަރު ސޮރެކެވެ. ހައްޔަރުކުރި ކަމަށް އަންގަން އުޅުމުން ފުލުހުން ދެއްކި ބައެއް ލިއުން ތަކުގައި ސޮއެއްވެސް ނުކުރިއެވެ. ސޮލާހުގެ މަންމަ އަށްވެސް ސޮލާހު ޕޮލިހަށް ގެނެވުނުކަމާ ބަންދުކުރި ކަންއެންގިއެވެ. ބަސްނާހާތީއާއި ސޮލާހުގެ ކަންކަން އިތުރަށް ބެލުމަށް މާލެ ފޮނުވަން ފުލުހުން ނިންމިއެވެ. ސޮލާހުވެސް މާބޮޑު ދެކޮޅު ހެދުމަކާނުލާ މާލެވެސް ބަލާލެވޭނެތީއާ ހިލޭ އެކަމަޑޭޝަން ލިބޭނެތީ ފުލުހުންނާއެކު ގެއަށްގޮސް އަންނައުނު ކޮޅު ދަބަހަކަށް ވައްޓާލައިގެން މަންމައާ ސަލާމް ކޮށްލައިގެން މާލެދާން ބޯޓަށް އެރިއެވެ. މާލެ ދިޔަ ދަތުރުމަތީ އެހެންރަށަކަށް ޖައްސާ ފެންވަރާތާހިރުވެ ފާރުކޮޅުތަކުގައި ބޭސްއަޅާ މާލެއަރަން ތައްޔާރުވިއެވެ.
ސޮލާހަށް މާލެ ދެވުނީ 12 އެޕްރީލް ދުވަހުގެ ހަވީރުއެވެ. ސޮލާހު ގެންދެވުނީ އޭނާއަށް އެކަމަޑޭޝަން ހަމަޖެހިފައިވާ ތަނަށެވެ. ސޮލާހަކީ އަތޮޅަކުން އައި ސޮރަކަށް ވާތީ އެކަމަޑޭޝަންދިނީ އަތޮޅުވެހިންނެވެ. އަތޮޅުވެހި ކިޔަސް އެއީ ޖަލެއްގެ ގޮތުގައި ބޭނުން ކުރާ ތަނެކެވެ. އެނަށް ވަރަށް ރީތި ނަންތައް ކިޔައެވެ. ނަމަވެސް އެއީ ހަމަ ޖަލެކެވެ. ސޮލާހުވެސް އޭނާއަށް ލިބުނު ގޮޅީގައި ހަމަޖެހި ހެދުންކޮޅުވެސް ރޯނުގައި ހިއްކަން އަޅާ ހަވީރާއި އިރާކޮޅުގެ ވަގުތުތައް ހޭދަކުރީ ހަޔާތުގެ ހާދިސާތައް ޖަލުން ލިބުނު ރައްޓެހިންނަށް ކިޔާ ދޭށެވެ. 12 ވަނަ ދުވަހުގެ ރޭ ދަންވަރު ސޮލާހު ވަރަށް ބަލިވެއްޖެއެވެ. ނިންޖެއްވެސް ނައެވެ. ނިދާ ތަންބަދަލުވީމާ ނިދޭގޮތް ނުވީ ކަމަށް ހީވެއެވެ. އެކަމަކު މިސޮރު ބޯހަރު ސޮރެއްކަމުން އެސޮރަށް ނުނިދުމުން އެތާތިބި އެހެން މީހުންމީހުން ގުގުރިދަމާފައި ގަދަޔަށް ނިދާތަން ބަލަހައްޓައިގެން ހުރުމަކީ އެސޮރަށް ކެތްކުރެވޭ ވަރުގެ ކަމަކަށް ނުވިއެވެ.
ހައިޖާނު ފަށައިފިއެވެ. ވަގުތުން ގޮޅިން ނެރެ ރެސްލިން ޕްރެކްޓިސް ފެއްޓިކަމަށް ސޮލާހާއެކު ތިބި އެހެން މީހުން ބުނެއެވެ. އަދި ރެސްލިންގެ ފޯރި ގަދަވި ވަގުތު ފެންލައިޓުން ރެސްލިން ބަލަން ބައެއް މީހުން ބޭނުންވިއެވެ. ވާނީ ވެސް އެހެން ނޫންތޯއެވެ. އެތާތިބޭތާ ގިނަ ދުވަސްވެގެން ޓީވީއެއް ނުފެންނަތާ ކޭބަލްޓީވީއެއް ވެސް ނުފެނެއެވެ. ޑަބްލި ޑަބްލިއު އެފް ނުފެންނާތީ ޖަލުގައި ތިބި މީހުންނަށް ޝޯއަކުން ކިތަންމެ ކުޑަތަންކޮޅެއް ފެނުންނަސް ދޫނުކޮށް ބަލަމުން ދެއެވެ. ޑިއުޓީ ބަހައިގެން ގޮޑިއަކަށް އަރައި ފެންލައިޓުން އެމީހުން ވަނީ ޝޯބެލުމަށް ކެތް މަދުވެފައެވެ. ޝޯ ހުށަހެޅުން ތެރިންނަށް މިއީ ހިތްހަމަ ޖެހޭ ކަމަކަށް ނުވިއެވެ. ވަގުތުން ޝޯ މެދުކަނޑާލާ އެތަން ނުފެންނަ ގޮތް ހަދާފިއެވެ. ދެން ސޮލާހު ފަހަތަށް ކުރޮސްކޮށް ބިޑިއަޅާފައި މަޑުމަޑުން ރީތިރީތިކޮށް ބާއްވާލައިފިއެވެ. އޭނާއަށް ނިދާ ތަނަށް ދިއުމުގެ ނަސީބެއް އެރެއަކު ނުލިބުނެވެ. ބޯހަރު ސޮރެއްވީމާ ވާނީވެސް އެހެންނޫންތޯއެވެ. ހެނދުނު އަނބުރާ ރަހްމަތް ތެރިންގެ ގާތަށްގެނެސް ދިނީ ޑިއުޓީ ފުލުހުންގެ ހެޔޮކަމުންނެވެ. އެރޭގެ ޝޯގައި ބައިވެރިވާން ނައީތީ ރަހްމަތްތެރިންގެ ގާތު ވަރަށް ޝަކުވާވެސް ކުރުމަށް ފަހު ކުޑަކޮށް ނިދޭތޯ ސޮލާހުވެސް މަސައްކަތް ކުރިއެވެ. ސޮލާހުގެ ކުރީރޭގެ ތަޖްރިބާގެ ސަބަބުން ނަފްސާނީގޮތުން މައްސަލަތައް ކުރިމަތި ވެއްޖެއެވެ.
ސޮލާހު ދަންޖެހެން މަސައްކަތް ކުރި ކަމަށްވެސް ވެއެވެ. އެއީ 13 ވަނަ ދުވަހު ހަވީރުއެވެ. މިކަމާ އޭނާ ބޭރަށް ނެރެ ނަސޭހަތް ދިނުމުން ވެސް ސިޔާސަ ގޮލައެއްވީމާ ހަމަ ބަސްގަބޫލެއް ނުކުރިއެވެ. ބޯހަރު ބަސްނާހާ ކުދިން ނުގެން ގުޅެވޭނެތީ އޭނާ ދޫކޮށްލާވާހަކަ ރޭގަނޑު މަންމަ ގާތު ބުނެފިއެވެ. ބުނީ ނާޒުކީގެއަށް ފޯނު ކޮށްފައެވެ. ދެން އެސޮރަށް ރަނގަޅަށް މާލެވެސް ނުފެނި އަނެއްކާ ރަނގަޅު ތަރުބިއްޔަތެއްނުދީ ދޫކޮށްލާތީ މަންމަ ވެސް އެކަމާ ހިތްހަމަ އެއްނުޖެހުނެވެ. ނަމަވެސް ކުރާކަމެއް ނެތިގެން އޭނާ މާލެއައި ބޯއްޓަށް ލައިދޭންވެސް އެދުނެވެ. ނޫނީ ބަސްނާހާކުދިން ފޮނުވާ ރީހެބަށް ފޮނުވަންވެސް އެދުނެވެ. ސޮލާހު ގޮވައިގެން އުޅުނު ޕޮލިހުން މަންމަގެ އެހުރިހާ އެދުމަކަށް ދިނީ ބީރު ކަންފަތެކެވެ.
ސޮލާހު ގެއްލިޖެއެވެ. ދެން އޭނާ ފެނުނީ މަރުވެފައިވަނިކޮށް ސޮލާހުގެ އެކަމަޑޭޝަން ބުލޮކާ ދިމާލުން މޫދުން 15 ވަނަ ދުވަހު ހެނދުނު އެވެ.
ވާހަކައިގެ ދެވަނަބައިގައި އޭގެފަހުން ކަންހިނގިގޮތްތައް ގެނެސްދެވޭނެ، އިންތިޒާރު ކޮށްލައްވާ
No comments:
Post a Comment