Saturday, December 29, 2007

މުހައްމަދު ވަހީދު ހަސަން މަނިކާއި ވަންޓުވަން

ވަންޓުވަން ޕުރޮގްރާމުގައި ކުރެވުނު ސުވާލު ތަކުގެ ތެރެއިން ޑޮކްޓަރ މުހައްމަދު ވަހީދު ހަސަން މަނިކަށް ހުށަހެޅުނު އެއްސުވާލަކީ ގައުމެއްގައި ފަސާދަ ނުވަތަ ކަރަޕްޝަން އުފެދެނީ ކީއްވެތޯ އަދި ސަރުކާރުތަކުގައި ކޮރަޕްޝަންގެ ޢަމަލުތައް ހިނގަން މެދުވެރިވާ ސަބަބަކީ ކޮބާތޯ؟
އޭނާގެ ޖަވާބުގައި ވިދާޅުވީ އެންމެ ބޮޑު ސަބަބަކީ ޢަދުލުއިންސާފުގެ ދާއިރާއަކީ ސަރުކާރުގެ ނުފޯޒު ނުފޯރުވޭގޮތަށް އޮންނަ ތަނަކަށް ނުވުމާއި އެ ގައުމެއްގެ ސަރުކާރުގައި ޓުރާންސްޕޭރަންސީ ނެތުމާއި، ވެރިކަންކުރާ ފަރާތް ވެރިކަމުގައި އެކަށީގެން ވާ ވަރަށް ވުރެ ދިގު މުއްދަތެއް ހޭދަކުރުމެވެ. އަދި ވެރިކަން ކުރާ ފަރާތުގެ އާއިލާގެ ނުފޫޒު ސަރުކާރުގެ މައްޗަށް ވެރިވެފައި އޮތުމެވެ. އޭނާ ދުނިޔޭގެ ތަފާތު ފަނަރަ ގައުމެއް ބައްލަވާ ދިރާސާ ކުރެއްވި ކަމަށް ވިދާޅުވިއެވެ. ދިވެހިރާއްޖޭގައި އެ ޝަރުތުތައް ހަމަވޭތަ ބަލާލަދީބަލަ؟

No comments: