މި ހަފްތާގެ ބޮޑުހަބަރަކަށް ވެފައިމިވަނީ 2008ވަނަ އަހަރުގެ ލަފާކުރާ ބަޖެޓެވެ. ބަޖެޓު ފާސްވެގެން ދިޔައިރު ވަރަށް ހައިރާން ކުރުވަނިވި ކަންތައްތަކެއް ހިނގާ ނިމިގެންވަނީގޮސްފައެވެ. މިކަމާ އެއްބަސްވާ ބަޔަކާ ނުވާބަޔަކުވެސް ތިބޭނެ އެއީ ބަޖެޓަށް ވޯޓު ދިންމީހުންނާ ނުދޭމީހުންވެސް ތިބި ފަދައިންނެވެ.
އެންމެ ފުރަތަމަ ހަމަ ހަގީގަތުގައިވެސް ބަޖެޓުވަނީ ވަރަށް ގިނަ ގޮތްގޮތުން ތާރީޙުގެ ތެރެއަށް ވަދެގެން ގޮސްފައިއެވެ. މިގޮތުން އަހަރެން ފާހަގަ ކުރާ ކަންތަކުގެ އިތުރުންވެސް މި ހަބަރު ކިޔާމީހުން ފާހަގަ ކުރާ ކަންކަންވެސް ހުންނާނެ، އެހެންވީ އެކަންކަން ކޮމެންޓުގެ ގޮތުގައި ފޮނުވުމުން މިހަބަރު އިތުރަށް ބޮޑުވެ ފުފިގެންދާނެކަން ނުބުންޏަސް އެންމެނަށް ވެސް އެނގޭނެ.
އެންމެ ފުރަތަމަ ސަރުކާރުން ހުށަހެޅި ބަޖެޓަށް ވުރެ ބޮޑު ބަޖެޓެއް ފާސްކުރީ މިފަހަރު އަދި ބަޖެޓުގެ ފުރިހަމަ ކަމާ މޮޅު ކަމުގެ މައްޗަށް އެއްބަޔަކު އުފާކޮށް ޝުކުރުކޮށް ހަމްދުކޮށް މަދަހަ ކީއިރު އަނެއްބަޔަކު ބަޖެޓަށާއި ބަޖެޓު އެކުލަވާލި ސަރުކާރަށާއި ސަރުކާރުގެ ރައީހަށާއި ހެއްދެވި ނުހެއްދެވިއަށް ގޮވާ އެއޮށްކުރި ފުރައްސާރައެއްވާދޯ އަޅެ އެވަރަށް މަލާމާތްކޮށް ހަޖޫޖެހި އިރުވެސް ބަޖެޓު ހިފައިގެން މަޖިލީހަށް ވަދެހުރި ފިނޭންސް މިނިސްޓަރު ހިތައްހަމަ އެކަށްޗެއްވެސް ނާރާނެބާ، މަށަކަށް ހަމަ ލާހިކެއްނޫން އެވަރުގެ މަގާމެއްފުރާކަށް. އަޅެ އޭނާ ފަދަ މުއްސަދި ސާދާގަރަކު އެވަރަށް މީހުން ފުރައްސާރަ ކުރި އިރުވެސް ހަމަ އަޅާވެސް ނުލާ! މަވާހިތައް ހިތައްއެރި ކެތްތެރި ގޮލައެކޭ ގާސިމަކީ އެހެން ހުއްޓަކަސް.
ދެން އެންމެ ފާހަގަވި ކަމަކީ ބަޖެޓު ޖަލްސާތައް ކޯރަމް ރޯގާގެ ސަބަބުން ކުރިއަށް ނުގެންދެވިގެން އެތަށް ފަހަރަކު ހުއްޓާލަން ޖެހުނު އިރު ބަޖެޓު ފާސްކުރި ޖަލްސާގައި މެމްބަރުންނަށް ކިރިޔާ އިށީނދެލާނެ ގޮނޑިއެއްވެސް ލިބުނީ ދޮގުހަދާ މީހުން ބުނާނެ ގޮނޑި ލިބުނީ ކުރިން ދިޔަމެމްބަރުންނަށޭ، އެއީ އެއޮށް ބޮޑު ހޯލުގައި އެންމެ ހަތް މީހުންނޯ ހާޒިރުނުވީ.
އަނެއްކާ ވޯޓުލީއިރު އަދި މާފުރިހަމަ. ބަލަ ބަހުސްގައި ބައިވެރި ނުވެ އެތާ ދެކެވުނު ވާހަކަ އަޑު ނީވޭ މީހުންނާ އެއާ ދެކޮޅަށް ވާހަކަ ދެއްކި ބައްމީހުން މާއަވަސް ކަމަށްވަނީ ފާސްކުރަން ފިތާ ތަންކޮޅަށް ފިތާލިލެއް. އަނެއްކާ މީހަކު ހައިރާނެއްނުވާނެތަ އޮޅިގެންވެސް ހަމަ އެއްވެސް މީހަކަށް ނުބައި ފިތަކަށް ނުފިތޭ. ކުރީދުވަހެއްގައިވެސް ކޮންމެވެސް މީހަކަށް ނުބައި ތަންކޮޅަކަށް ފިތާލެވިގެން ކޮންމެސް އެއްޗެއް ފާސްނުވި ކަމަށްވަނީ.
ދެން އަޅެ އަހަރެން ހައިރާންވީ ނުލާހިކު ފައިދާހުރި ގައުމަށް ހަމަ ބޭނުންވާ ކަހަލަ ބިނާކުރަނިވި ތިރީހަކަށް އިސްލާހު ހުށަހެޅުނު އިރު ފާސްކުރަން ފިއްތަން ޖެހުނު އިރު ހަމަ ފިތެނީ ނުބައިތަންކޮޅަށް. ބަލަ ހަމަ އެކަނި މިކިޔާ ސަރުކާރު މެމްބަރުން އެކަންޏެއްނޫނެވެ. ބޮޑަތި ރިފޯމިސްޓުންނަށްވެސް ވޯޓު ދޭގަޑީގައި ފިތެނީ ހަމަ ނުބައިފިތައް. އަޅެ އެއީ ކިހިނެތްވާކަމެއްބާ.
މަ ހިތައްއެރި ގާސިމްވާ މޮޅޭ ގާސިމް ހޯދަން ބޭނުންވި ވަރަށްވުރެ އިތުރަށްވެސް ގާސިމުގެ ބޮލުގައި ފައިސާ އަޅުވާފައިދޫކޮށްލީ. ގާސިމް ގާތުން އަހާލަން ބޭނުން ތިޔާހަދާ ފަންޑިތަ އަޅެމަށަށްވެސް އަޅެ ބުނެލަދީބަލާށޭ ނޫނީ ދެން ކޮންކަހަލަ އިހްސާސްތަކެއްތޯއޭ ކުރެވުނީ ބަޖެޓު ފާސްވި ވަގުތު. ދެން އަހާލަން ބޭމީ އެއްވެސް އެއްޗެއް ހަރަދުވިތޯ އެމަސައްކަތަށް؟،
އެކަމަކު ދެންފަހަރަކުން ބަޖެޓު ހަދާއިރު މަށަށް ފެންނަ ވާހަކަ އެއްބުނެލިއްޔާ އެވެރިން ގަބޫލު ކުރާނެބާ؟ އެއީ އަތޮޅުތަކުގެ ބަޖެޓު އަތޮޅުތަކުން ހަދަން އެއަތޮޅަކަށް ބޭނުންވާ ހުރިހާކަމެއް އެތޮޅަކުން ތައްޔާރުކޮށް ފިނޭހަށް ފޮނުވީމާ ފިނޭންސުން އެޕްރޫވްކުރާ މަޝްރޫއުތައް ލައިން މިނިސްޓްރީތަކަށް ފޮނުވަން. އޭރުން ބަޖެޓު އޮންނާނީ ވަރަށް ބޮޑަށް ރައްޔިތުންގެ ބޭނުންތަކަށް އެޑްރެސް ކުރެވިފައެއްނު ދޯ. އަނެއްކާ ދެން މިހެންބުނީ އަތޮޅުވެރިން ބޮލަށް އެކަން ކަނޑާލީމަކާ ނުވާނެ ރައްކުރިއަރުވާ ކޮމިޓީއާއި އަތޮޅުކޮމިޓީތައް ގުޅިގެން ރައްޔިތުންވެސް ބައިވެރި ކުރަންވާނެ އެމަސައްކަތުގައި. ދެން މިހާރު ހަމަ ހައިރާންވޭ އެތިއްބެވި ބޮޑެތި އިއްޒަތްތެރި މެމްބަރުން މިދައްކަވަނީ ފުރިހަމަ ހައިބަތާއެކު ރަށުގެ ނެރުބައްތި ނެތްވާހަކަ އާއި އެބޭފުޅާގެ އަތޮޅުގެ އޮފީހުގެ ފުރާޅުން ފެން ފައިބާ ވާހަކަ ބުނަންތަ މަވަރަށް ހިތުގައި ޖެހުނު އެކަމާ، އެވަރު ކޮށްލެވޭ ވަރަށް ރާއްޖޭގެ ބަޖެޓުގެ ތަނަވަސްކަން ނެތުނީމާ، މަގޭ އަތުގައި އެއްޗެއް އޮތްނަމަ ހުވާކޮށްފައިމިބުނީ ހަމަ އެކަންކަން ކޮށްދިނީމުސް.
ދެން ފާހަގަ ވި އަނެއްކަމަކީ މަޝްރޫޢުތައް ނުހިންގިގެން ފައިސާ ބާކީވާ ވާހަކަ ދެއްކީމާ މަވަރަށް ކޮސްވިއެކަމާ ޑިސެމްބަރމަސް ނިމުނު އިރުވެސް ކެޕިޓަލް ހަރަދުގެ ފަސްދޮޅަސް ޕަސެންޓުވެސް ހަރަދެއްނުވެޔޯ އެކަމު ކުރީދުވަހުވެސް ކޮންމެވެސް ވަޒީރެއް ހަމަ މަ އަޑުއަހަން ހުއްޓާ ބުނި ފައިސާ ނުލިބޭތީއޭ އޮފީސް ނޭޅެނީ އެހެން ވަޒީރަކު ބުނި ބަދަރުނުހެދުނީވެސް ލާރި ނެތިގެންނޭ ދެން މިވާއެއްޗެއް ނޭންގުނު. އަޅެ އެނގޭ މީހުން ބުނެދީބަލަ؟ މަ މިވާހަކަ ދެއްކީތީ އަނެއްކާ ޝަހީދު އަށް ކުރިވަރު މަށަށްވެސް ކޮށް މަވެސް ސައިޒަށް ކަނޑާލާނެތަ ސަމާލުކަމަށް ބުނެލަންއޮތީ މަމިހާރުވެސް މިހިރީ ސައިޒަށްވުރެ ތިރީގައޭ އިނގޭތޯ ޝުކުރިއްޔާ
1 comment:
mivaahaka mein stream media dhekiya rangalhau.
Post a Comment