އަޅުގަނޑުމެންގެ ގައުމުފަދައިން ޔުނިވަރސިޓީއެއް ނެތްގައުމެއް ވަރަށްމަދެވެ. ރާއްޖޭގައި ޔުނިވަރސިޓީއެއްނެތީ ކީއްވެގެންތޯއެވެ. ރާއްޖެ ކުޑަވީމާތޯއެވެ. ރާއްޖޭގެ އާބާދީ މަދުކަމުންތޯއެވެ. ރާއްޖޭގައި ޔުނިވަރސިޓީއެއް ހިންގައިގެން ކިޔަވާނެ ކުދިން ނުލިބޭނީތޯވެ. ރާއްޖޭގައި ޔުނިވަރސިޓީއެއް ހަދައިފިނަމަ ބޭރުން ކިޔަވާކުދިން ރާއްޖެނާންނަތޯއެވެ. ރާއްޖެއާއި ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ޔުނިވަރސިޓީ ތައުލީމުދޭން ޝައުގުވެރި ނުވާނެތޯއެވެ. ރާއްޖޭގެ އުތުރާއި ދެކުނުގައި މިފަދަ ހާއްސަ ފަންނުތަކުން ލޯ، ބިޒްނަސް، ނުވަތަ މެޑިކަލް ސްކޫލެއް ހިންގުމަށް ޝައުގުވެރިވާނެއެތައް ބަޔަކު ތިބޭނެއެވެ. ފައިސާހުރި މީހުން ދުނިޔޭގައި ބައިވަރެވެ. ޔުނިވަރުސިޓީ ފުޅާކުރަން ބޭނުންވާ ކިތައްމެ ބައެއް ބޭރުގައި ތިބޭނެއެވެ. އެފަދަ ބަޔަކަށް ރާއްޖޭގެ މާކެޓަކީ މުހިންމު މާކެޓަކަށް ވާނެއެވެ. ސަރުކާރުން އެކަމަށް ބިމެއްދެއްވާ ބިޑަށް ލައްވަންވަން ވީއެވެ. ވިޔަފާރި އުސޫލުންނެތްނޫނެވެ. ފުރިހަމަ ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށެވެ. މިކަމުން ބޮޑު އެޑްވާންސް ޕޭމަންޓެއް ނުނެގޭނެތީ މިކަމާއަޅާ ނުލަނީތޯއެވެ. މިކަމުން ގައުމަށް ނުހަނު ފައިދާކުރާނެއެވެ. މާލެއަށް ތޮއްޖެހުން ކުޑަވެ ބޭރަށް ތައުލީމު ހާސިލު ކުރަންދާ ގިނަބަޔަކު މިފަދަ އިންޓަރނޭޝަނަލީ ރިކޮގްނައިޒްޑް ތަނަކުން ކިޔެވުމަށް ފަސްޖެހޭނެތޯއެވެ. މެލޭޝިޔާ ފަދަ ތަންތަނުގައިވެސް އެތައް ގައުމެއްގެ ކުދިން ކިޔަވައެވެ. ކުދި ކޮލެޖާއި ބޮޑެތި ކޮލެޖު ހުރެއެވެ. ރާއްޖޭގައި ނޫސްތަކުންވެސް މުޅިންވެސް ފެންނަނީ ސިޔާސީ ވާހަކައެވެ. ސަރުކާރުންވެސް އިސްދެއްވަނީ ސިޔާސީ ކަންކަމަށް ހެންހީވެއެވެ. މިފަދަ ކަންކަން ކުރެވޭތޯ މަސައްކަތް ކުރާނެ ސަރުކާރުގެ އިދާރާއެއްހަމަ ނެތީތޯއެވެ. ނެތްނަމަ އުފައްދަން ވީނޫންތޯއެވެ. ކޮންމެ ކަމެއް މި ސަރުކާރު ބަދަލުވަންދެން ނުވަތަ ވޯޓާކާރިވަންދެން ކުރަން މަޑު ނުކުރަންވީނޫންތޯއެވެ. މިފަދަ ކޮންމެ ކަމަކާ ގުޅިގެންއާންމުންނަށް ހާދަހާގިނަ ވިޔަފާރީގެ ފުރުސަތުތައް ހުޅުވޭނެއެވެ. ވަޒީފާތައްވެސް ލިބޭނެއެވެ. އަހަންނަށް ޔަގީންވާ އެއްކަމަކީ މިކަން މިއަދު ނުކުރިއަސް ކުރާނެ ދުވަހެއް އަންނާނެކަމެވެ.
1 comment:
dictator relized that the university is an independant institution after his annoucement. that means governmetn cannot censor their reports and research papers. everyone will know with evidence the reality of all our problems. we all know that indepedenat institutions are introduced becasue he has no anyother way and he is cornerd on all sides and he will never do that willingly. under this government there will be no univeristy in this country.
Post a Comment