Saturday, February 2, 2008

ޕޮޓެންޝަލް ހުރި ގައުމެކެވެ. ޕޮޓެންޝަލް ހުރި ސަރުކާރެއްތޯއެވެ؟

ދިވެހިރާއްޖޭގައި ބާރަސަތޭކަ ވަރަކަށް ރަށް އެބައޮތެވެ. އެރައްތަކުގެ ތެރެއިން ފަސްސަތޭކަ އަށްވުރެ އާބާދީ މަދު ރައްތައް ސަތޭކައަށްވުރެ ގިނައެވެ. އަދި މީހުންނޫޅޭ ފަޅުރައްތަކާއި، ތިލަ ފަޅުތައްވެސް ބައިވަރެވެ. ނަމަވެސް މިތަންތަނުން ހޯދޭނެ އިގްތިސާދީ މަންފާތައް ސަރުކާރަށް އެނގޭތޯ ސުވާލު އުފެދެއެވެ. އަޅުގަނޑަށް އަބަދުވެސް އިވެނީ ރާއްޖޭގެ ފުދުންތެރިކަން ނެތްވާހަކައާއި އިގްތިސާދީ ވަސީލަތްތައް ނެތްކަމުގެ އަޑެވެ. މީ ކިހިނެތް ވާކަމެއްތޯ ސުވާލު ނޫފެދޭތޯއެވެ.
ރާއްޖޭގައި ކުރިއަށް ގެންދެވޭނެ ކިތަންމެ ކަމެއް އެބަހުއްޓެވެ. މިގޮތުން ރައްޔިތުންނަށް ފައިދާހުރި މިވަގުތަށް އިސްކަން ދޭނެ ކަންތައްތަކެއް ކަނޑައަޅައި ރާއްޖެއާއި ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލުމަކީ ހަމައެކަނި ސަރުކާރުން ކޮށްލަދޭންވީ ކަންތަކެވެ. މިސާލަކަށް
ރާއްޖޭގެ އުތުރާއި ދެކުނުގައި އަދި މެދު ރާއްޖެތެރޭގައި ހޮސްޕިޓަލެއް ގާއިމްކުރުމުގެ ފުރުސަތު ހުޅުވާލެވި ދާނެއެވެ. މިގޮތުން އުތުރުން ހދ.ހަނިމާދޫ ފަދަރަށެއް ނެގިދާނެއެވެ. އެއީ، ކުޅުދުއްފުށިފަދަ ތޮއްޖެހިފައި އޮތްރަށަކަށް ވިސްނުމުގެ ބަދަލުގައި އެހެން ހިސާބުތަކަށް އާބާދީ ފަތުރާލެވިދާނެއެވެ. ދެކުނުން އައްޑޫގައި ނުވަތަ ހުވަދު އަތޮޅުގައި މިފަދަ ހޮސްޕިޓަލެއް ގާއިމް ކުރެވިދާނެއެވެ. އަދި މެދުރާއްޖެ ތެރެއިން ބ އަތޮޅު ނުވަތަ ޅ. އަތޮޅުގެ ރެށެއްވެސް ނެގި ދާނެއެވެ. މިފަދަ ގޮތަކަށް އެކަން ކުރެވިއްޖެނަމަ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށްދާ މީހުންނަށް ރާއްޖެއިން ބޭސް ފަރުވާ ދެވިދާނެއެވެ. އަދި އެކަށީގެންވާ ގޮތަކަށް މިކަން ކުރެވިއްޖެނަމަ ބޭރު ގައުމުތަކުންވެސް މީހުން އަންނާނެއެވެ. ރާއްޖޭގެ ރީތިކަން ބަލާލުމަށާއި ބޭސްފަރުވާގެ ހިދުމަތް ވިއްކުމަކީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. ދެން ހަމަ މިކަމާ ގުޅުވައިގެން ފެރީގެ ނިޒާމެއް ގާއިމް ކުރަންވީއެވެ. އަމިއްލަ ފަރާތްތަކާއި އެމްޓީސީސީ ފަދަ ފަރާތްތަކަށް ވެސް ޑިމާންޑު އޮތްނަމަ ފެރީގެ ހިދުމަތް ދެވިދާނެއެވެ. ބޭނުންވަނީ ޑިމާންޑް ކުރިއޭޓު ކުރުމެވެ. އޭރުން މާލޭއަށް ތޮއްޖެހުންވެސް ހުއްޓޭނެއެވެ. ދާދިފަހުންވެސް އައްޑޫގައި ރަނގަޅު ކަށީގެ ޑޮކްޓަރެއް މަސައްކަތް ކުރުމުން ރާއްޖޭގެ އެކި ކަންކޮޅު ތަކުން ހިދުމަތް ހޯދުމަށް ދިއައެވެ.
ބޭރުގެ ފަރާތްތަކުން އެދެންދެން ބަލަން ތިބޭކަށް ނުޖެހެއެވެ. އަވަހަށް މި ފުރުސަތު ހުޅުވާލަންވީއެވެ. އޭރުން އެކަމަށް އެދޭފަރާތްތައް އެނގޭނެއެވެ. ރާއްޖެއަށް ނުކަތާވަރަށް މިނިސްޓްރީތަކާއި ސަރުކާރު މުވައްޒަފުން މިހާރުވެސް އެބަތިއްބެވެ. ނަމަވެސް އުފެއްދުންތެރިތޯއެވެ.

1 comment:

Anonymous said...

Dictator will never do it. he actually dont want to see islands develop to the same level or above as male'.